ވިޔަފާރި

ހެޕީ މާކެޓުން ކުޅުދުއްފުށީގައި ޑިސްޓިބިއުޝަން ސެންޓަރެއް ހުޅުވައިފި

Jan 26, 2020

ހެޕީ މާކެޓުން ހއ. ކުޅުދުއްފުށީ ސިޓީގައި ޑިސްޓިބިއުޝަން ސެންޓަރެއް ހުޅުވައިފި އެވެ.

ހެޕީ މާކެޓުގެ އާ ޑިސްރިބިއުޝަން ސެންޓަރު ކުޅުދުއްފުށީގައި ހުޅުއްވައި ދެއްވީ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދުގެ ޔާސިރު އެވެ. މި ރަސްމިއްޔާތުގައި ހެޕީ މާކެޓުގެ ސީނިއަ މެނޭޖުމަންޓުގެ އިތުރުން ކުޅުދުއްފުށީގެ ކުދި އަދި މެދުފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވެސް ބައިވެރިވި އެވެ.

ހެޕީ މާކެޓަކީ ރާއްޖޭގައި ފިނި ކުރި ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް ފޯރުކޮށްދޭތާ 28 އަހަރު ވެފައިވާ ކުންފުންޏެވެ. އަލަށް ހުޅުވި ޑިސްރިބިއުޝަން ސެންޓަރުގެ ސަބަބުން އުތުރުގ ރަށްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރ އެއް ކުޅުދުއްފުށި ސިޓީ ގައި ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ހެޕީމާކެޓް
އިން މާކެޓަށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ ކާބޯތަކެއްޗެއް އަ ތްފޯރާފަށުގައި ތިލަދުންމަތީގެ ރަ ށްތަކަށް މާލެ ނުގ ސް ފަސޭހަކަމާ އެކީ ފޯރުކޮށްދިނުމެވެ. އަދި ހާއްސަކޮށް ފިނިކުރި މުދާ އޭގެ އެންމެ ތާޒާ ކަންމަތީ ފޯރުކޮށްދިނުމެވެ. މި ފިހާރަ އިން މާލޭގެ ފިހާރަ ތަކުން ލިބޭ ހުރިހާ ހިދުމަތް ތަކެއް ލިބެން ހުރެ އެވެ.

އާ ޑިސްބިއުޝަން ސެންޓަރު ހުޅުވުމުގެ މުނާސަބަތުގައި ހެޕީ މާކެޓިން ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވި އެވެ.

އާ ޑިސްރިބިއުޝަން ސެންޓަރަކީ އެ ކުންފުނިން، ރާއްޖޭގައި ގާއިމް ކުރި ތިން ތަނެވެ. އެ ކުންފުނީގެ އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރަން ޑިސްރިބިއުޝަން ސެންޓަރުތައް މިހާރު ހިންގަމުން ދަނީ މާލޭގެ އިތުރުން އައްޑޫ ސިޓީގަ އެވެ.

ހެޕީ މާކެޓުން ރާއްޖޭގައި ޖުމްލަ 10 ފިހާރަ ހިންގަ އެވެ. އެ ކުންފުނިން ދަނީ ހެޕީމާކެޓްގެ ފުރަތަމަ އެކްސްޕީރިއެންސް ސެންޓަރ އަންނަ ފެބްރުއަރީ މަހު ހުޅުމާލޭގައި ހުޅުވަން ތައްޔާރު ވަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުން އެންމެ ފެންވަރު ރަނގަޅު ކާބޯތަކެތި ހެޔޮ އަގުގައި ތާޒާކަންމަތީ ފޯރުކޮށް ދިނުމެވެ.