ހަބަރު

ދިރާގު ޓީވީއަށް އައްޒަގެ ޝޯތަކެއް

ދިރާގު ޓީވީއިން ފިލްމީ ތަރި އައްޒައާ އެކު މުޅިން އާ ދިވެހި ކޮންޓެންޓު އުފެއްދުމަށް ސޮއިކޮށްފި އެވެ.

މިއަދު ސޮއި ކުރި މި ކޮންޓެންޓްތައް ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީއިން މި އަހަރު ތެރޭގައި އާންމުންނަށް ދައްކާނެ އެވެ.

ސޮއި ކުރުމަށްފަހު އައްޒަ ބުނީ، މި ޕްރޮޖެކްޓުގައި މަސައްކަތް ކުރަން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ އޭނާގެ ފިލްމީ ކެރިއާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ފަންނުވެރިންގެ މަސައްކަތްތައް އަގު ވަޒަންކޮށް ފިލްމީ ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ދިރާގުން މަސައްކަތް ކުރާ ކަމަށް އައްޒަ ބުންޏެވެ.

ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި އައިޕީޓީވީގެ ހިދުމަތެވެ. މިހާރު ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް މި ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗާ ހިމެނޭ ހަމައެކަނި ހިދުމަތްވެސެ މެއެވެ.