ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާވައިރަސް ޖެހިފައިވާ މީހެއް ލަންކާއިން ފެނިއްޖެ

Jan 27, 2020
3
ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ޗައިނާގެ ހޮސްޕިޓަލެއްގައި- ފޮޓޯ: ފައިނޭންޝަލް ޓައިމްސް
0%
0%
100%

ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް އަވަށްޓެރި ސްރީލަންކާއިން ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާއިން ހާމަކޮށްފި އެވެ.

ލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ވައިރަސް ޖެހިފައިވާ މީހެއް އެ ގައުމުން ފެނިފައިވީ ނަމަވެސް އެ ވައިރަސް ސްރީލަންކާގައި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެހެންވެ ރައްޔިތުން ކަންބޮޑުނުވުމަށް އިރުޝާދު ދިނެވެ. އަދި ވައިރަސް ފެތުރުނަ ނުދޭން ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ބިއުރޯއިން ބުނެފައިވެ އެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެ ގައުމަށް އެތެރެވި ޗައިނާ އަންހެނެކެވެ. އެއީ ޗައިނާގެ ހޫބޭ ޕްރޮވިންސްއިން އައި މީހެއް ކަމަށްވެ އެވެ. ވައިރަސް ފުރަތަމަ ފެނިފައިވަނީ ވެސް އެ ޕްރޮވިންސް ނިސްބަތްވާ ވުހާން ސިޓީއިންނެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމް އެއްކޮށް ހުއްޓާލައިފަ އެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް ގައުމުތަކުން ވަނީ ފެނިފައެވެ. އެ ގޮތުން، ތައިލަންޑް، ހޮންކޮން، މަކާއޯ، ސައުތުކޮރެއާ، ޓައިވާން، ޖަޕާން، ނޭޕާލް، ސިންގަޕޫރު އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސް ފެނިފަ އެވެ. އަދި އޮސްޓްރޭލިއާގެ އިތުރުން ފްރާންސް އިން ވެސް އެ ވައިރަސް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުންނަމަ، ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުބީނު މާރނީ

އެންބެސެޑަރެއް (ރަނގަޅު) ހުންނަން ޖެހޭ ސަބަބަކީ މިއީ. އެންބެސެޑަރ އުމަރު ގެ ބައްޕަ އަކީ ލަންކާ މީހެއް. ވީމާ އޭނާ ދިވެހިންނާއި އަޅާލަނީވެސް % 50 އަށް. ލަންކާ ގައި ބޮންގޮއްވީމާ ވެސް މީނާ ހުރިހާ ދިވެހިންގެ ހާލު ބަލަމޭ ކިޔާފައިވެސް ހެދީ ބުހުތާން ޖޫޓު. މިހާރު އެއައީ ކޮރޯނާ ވައިރަސް. އެންމެ ކުޑަމިނުން ގުޅާލާނެ ނަންބަރުގަނޑެއް ވެސް މި އުމަރަށް ބުނެނުލެވުނު. މިހުރިހާ އުނދަގުލެއް ލަންކާ ގައިތިބޭ ދިވެހިންނަށް. އުމަރު ދިވެހިން ވާހަކަ ދައްކަނީވެސް ކޮށަކޮށައިގެން. ވީމާ އުމަރު ރައްޔިތުންނާއި ގުޅުން ބަދަހިކުރާނެ ގޮތެއް ބުނެދީބަލަ ؟

ލލ

ދުނިޔޭގެ ޔަހޫދީންގެ މަސްލަހަތުގައި ބޮޑުކަމެއް ނުވާން ފެށުމާއި އެކު ދުނިޔޭގެ މީޑިޔާގެ ފަލަ ސުރުހީގެ ސަމާލުކަން އެހެން ދިމާލަކަށް އަންބުރާލަން ކޮންމެސް ކޮރޯނާ ވަރިސްއެއްގެ ހަބަރު މީޑިޔާ ތަކުގައި ފަތުރާނެ، ކޮބައިތޯ ބާޑު ފުލޫ ސާސްރޯގާ ދުނިޔެއިން ފިލީތޯ ؟

ކޮރޯން

ރާއްޖޭގައި އެއްބަސްވެލާނެ ހިތްވަރުވެސް ނެތް ދެއްތޯ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910