ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާވައިރަސްގެ ބިރު ބޮޑުވިޔަސް ވާ ސޫޕް ދޫކޮށެއް ނުލާ!

ފުރާނައަށް ނުރައްކާ ކޮރޯނާވައިރަސް ޗައިނާގައި ފެތުރެމުން ދިޔައަސް އެ ގައުމުގެ ބައެއް މީހުން އަދިވެސް ވާލުގެ ސޫޕް ބުއިން ދޫކޮށެއް ނުލަ އެވެ. ޗައިނާގެ ލޯކަލް މީޑިއާއިން ބުނެފައިވާ ގޮތުގައި ވޫހާން ކޮރޯނާވައިރަސް އަސްލު އުފެދިފައި ވަނީ ވާލުގެ ޒަރިއްޔާ އިންނެވެ. މިކަން ޔަގީން ނުވިޔަސް ގިނަ ބަޔަކު ގަބޫލު ކުރަނީ ޗައިނާ މީހުންނަށް ވަރަށް މީރު ވެގެން ބޯ، ވާލުގެ ސޫޕްގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގައި މި ވައިރަސް އުފެދުނީ ކަމަށެވެ.

ބަލިޖެހޭ މީހުން ޒޮމްބީތަކެއް ހެން މަގުތައް މައްޗަށް ވެއްޓެމުން ދާއިރު ފުރާނައަށް ނުރައްކާ މި ވައިރަސް އަށް އަދި ވެކްސިން އެއް ވެސް ހޯދިފައެއް ނެތެވެ.

ނަމަވެސް މިހާ ނުރައްކާ ބައްޔެއް ފެތުރެމުންދާއިރު ވެސް ޗައިނާގެ ބައެއް މީހުން މިކަމާ އެހާ ބޮޑަށް ފަރުވާ ބަހައްޓާހެނެއް ހިއެއް ނުވެ އެވެ. ވަރަށް ފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑީއޯއެއްގައި ވެސް އަންހެނަކު ވާލުގެ ސޫޕް ބޯ މަންޒަރާއި ފިރިހެނަކު ދިރޭ ކުދި މީދާތަކެއް ސޯސް ޖަހައިގެން ކާ މަންޒަރުތައް ފެނެ އެވެ.

އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހުން ބުނެފައިވާ ގޮތުގައި މީދާ ޑިޝް އަކީ "ތުރީ ސްކުއީކްސް" ކިޔާ މަޝްހޫރު ޑިޝް އެކެވެ. މިއީ ގުއަންގްޑޮންގް ޕްރޮވިންސްގައި ވަރަށް މަގްބޫލު ކެއުމެއް ނަމަވެސް ރަސްމީކޮށް ވަރަށް ގިނަ ސިޓީތަކުގައި މި ކެއުން މިހާރު ވަނީ މަނާ ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބަލި ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވުހާންގައި ހުންނަ ހުއާނަން ހޯލްސޭލް ސީފުޑް މާކެޓް އިންނެވެ. މިތަނުގައި ސީފުޑް، އެކި ފާޑުގެ ދޫނި، ޑޮމެސްޓިކް އަދި ވަލު ޖަނަވާރު ވެސް ވިއްކަން ހުރެ އެވެ. މި މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާކަން އެނގުނީ މިތަނުގައި މަސައްކަތްކުރާ މީހުންތައް ފަހަރަކު މީހަކު ބަލިވާން ފެށީމަ އެވެ. މި މީހުންނަށް ގޮތްނޭނގޭ ވައްތަރެއްގެ ނިއުމޯނިއާ ޖެހި ހާލު ވަރަށް ސީރިއަސް ވާން ފެށުމުން ޓެސްޓް ކުރުމުން ކޮރޯނާވައިރަސް ކަން ޔަގީން ކުރެވުނީ އެވެ.