ވިޔަފާރި

މޯލްޑިވިއަން ހޮލިޑޭސް އިން މިޑްޓާމް ބަންދަށް ޕެކޭޖުތަކެއް

Jan 28, 2020
2

މޯލްޑިވިއަން ހޮލިޑޭސް އިން ސްކޫލްގެ މިޑްޓާމް ބަންދަށް ހާއްސަ ޕެކޭޖު ތަކެއް ތައާރަފުކޮށްފި އެވެ.

މޯލްޑިވިއަން ހޮލިޑޭސް އިން މީގެ ކުރިން ވެސް ބަންދުތަކާ ދިމާކޮށް ހާއްސަ އަގުތަކެއްގައި ޓިކެޓު ވިއްކުމުގެ އިތުރުން ޕެކޭޖުތައް ވެސް ވިއްކާފައިވެ އެވެ.

މި ފަހަރު ތައާރަފުކޮށްފައިވަނީ ތިން ޕެކޭޖެކެވެ. އެއީ އައްޑުއަށް ތައާރަފު ކޮށްފައިވާ "އައިލެންޑް ޓްއާ އިން އައްޑޫ" ޕެކޭޖާއި ބެންކޮކަށް ފަސް ރޭގެ ހުރުމާއެކު ތައާރަފު ކޮށްފައިވާ ޕެކޭޖެއްގެ އިތުރުން ލ. އަތޮޅު ބަލައިލަން ދާން ބޭނުންވާ ފަރާތް ތަކަށް ތައާރަފު ކޮށްފައިވާ ޕެކޭޖެކެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ މި ޕެކޭޖަށް ބަދަލު ގެނެސް އެކި ހިދުމަތްތައް އެޑް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށެވެ.

އައްޑޫ ޕެކޭޖުގެ އަގަކީ މީހަކަށް 5450ރ. އެވެ. މި ޕެކޭޖު ނެގުމުން ހަތް ދުވަހުގެ ހުރުން ލިބޭނެ އެވެ. ލާމު ޕެކޭޖު ވިއްކަނީ މީހަކަށް 4،080ރ. އަށެވެ. މި ޕެކޭޖުގައި ދެ އަހަރުން ދަށުގެ ކުދިންނަށް ހުރުން ހިލޭ ލިބިގެންދާނެ އެވެ. އަދި ބެންކޮކް ޕެކޭޖު ނަގާ ފަރާތްތަކަށް ހަތް ދުވަހުގެ ހުރުމުގެ އިތުރުން ދެކޮޅު ޓިކެޓު ލިބޭނެ އެވެ.އަގަކީ މީހަކަށް 555 ޑޮލަރު (ގާތްގަނޑަކަޑް 8،558ރ.) އެވެ. މި ޕެކޭޖު ނަގާ ފަރާތްތަކަށް ހަ ދުވަހުގެ ހުރުން ލިބެ އެވެ. މި ޕެކޭޖު ނަގާ ފަރާތްތަކުން ތިބޭނީ ތްރީ ސްޓާގެ ހޮޓަލެއްގަ އެވެ.

މޯލްޑިވިއަން ހޮލިޑޭސްގެ މި ހުރިހާ ޕެކޭޖު ތަކެއް ވެސް ނެގުމުގެ ފުރުސަތު އަންނަ މަހުގެ 29 ގެ ނިޔަލަށެވެ. އަދި އައްޑޫ އަދި ލާމު ޕެކޭޖު ނެގުމަށް ހަމަޖެހިފައިވާ އެބްމެ ފަހުގެ ތާރީހަކީ 31 މާޗް އެވެ.