ކެފޭއެއްގެ ބަދިގޭގައި ހުރި ގޭސްފުޅި އެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ މާވެޔޮ މަގުގައި ހުރި ކެފޭ އެއްގައި ކަމަށެވެ. އަދި އަލިފާން ރޯވެގެން ރިޕޯޓު ކުރުމުން ފުލުހުން ދިޔަ އިރު ގޭސް ހޮޅީގައި ރޯވި އަލިފާން ވަނީ ނިއްވާލާފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައި ނުވާ ކަމަށެވެ.
ހާދިސާ އާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން މިހާރު އަންނަނީ ބަލަމުންނެވެ.