ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާ ވައިރަސްއަށް ރާއްޖެ ތައްޔާރު: ސަރުކާރު

ދުނިޔޭގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް އެއްވެސް މީހަކަށް ޝައްކު ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް އެ ވައިރަސް ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލައި ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި އެއާޕޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މުއައްޒަފުންނަށް ކޮރޯނާ ވައިރަސްއާއި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި އެއާޕޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މުއައްޒަފުންނަށް ކޮރޯނާ ވައިރަސްއާއި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ސަރުކާރު ކުންފުނިތަކާ ގުޅިގެން ކޮރޯނާ ވައިރަސް ފެނިއްޖެ ހާލަތެއްގައި ބޭނުންވާނެ މާސްކުތައް ހޯދުމުގެ މަސައްކަތާއި ސިއްހީ އެހެނިހެން ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"މީހަކަށް ޝައްކު ކުރެވިގެން ނުވަތަ މީހަކަށް ތުހުމަތު ކުރެވިގެން ނުވަތަ މީހަކު ޕޮޒިޓިވްވާ ހާލަތެއްގައި އޭނައަށް ފަރުވާ ދިނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކުގެ އިތުރަށް ދަތުރުފަތުރާއި ޓްރާންސްޕޮޓޭޝަން އާއި އެމްބިއުލެންސް ހިދުމަތައް ވެސް ވަކި އިންތިޒާމްތަކެއް ހަމަޖެހިފައި މިހާރު ހުރީ. އެހެންވީމަ އަޅުގަނޑުމެންނަށް ކަށަވަރުކަމާއެކީގައި ދަންނަވަން ކެރޭ މިވަގުތު އަޅުގަނޑުމެންނަށް މިކަހަލަ ކޭސްއެއް ފެނިއްޖެ ހިނދެއްގައި ނުވަތަ ފެންނާނެ ހިނދެއްގައި ކޭސްތަކަށް ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ޖެހޭ މީހަކު އެކަހެރި ކުރުމުގެ ފެސިލީޓީތައް ގާއިމް ކުރުމުގެ މަސައްކަތް ނިމި، އެތަނުން ފަރުވާ ދެވޭ ވަރަށް ތައްޔާރުކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ވައިރަސް އިތުރަށް ފެތުރިއްޖެ ހާލަތެއްގައި އައިސޮލޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވޭނެ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ އިތުރުން މި ވައިރަސް ފެތުރުމާ ގުޅިގެން ހުން ހުރިތޯ ބެލުމަށް ބޭނުން ކުރާ ތާމަލް ކެމެރާތަކުގެ ޑިމާންޑު ދުނިޔޭގައި ވަރަށް ބޮޑުވެފައިވާ ކަމަށާއި ނަމަވެސް ރާއްޖެއަށް އިތުރު ކެމެރާތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއިން މިހާރު ވަމުން އަންނަ ތައްޔާރީތައް އަޅައިކިޔާއިރު އެއް އުސޫލެއްގައި އެއް މިންގަނޑެއްގައި ކަންތައް ކުރަމުން އެބަދަން،" އަމީން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން އެއްވެސް ކަމެއް ސަރުކާރުން ސިއްރެއް ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން އިސް ކުރާނީ ރައްޔިތުން ކަމަށާއި އެ ވައިރަސްއާ ދެކޮޅަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް އަލީ ވަހީދު ވެސް ވިދާޅުވި އެވެ.

"މި ވައިރަސް ރާއްޖެއިން ފެނިއްޖެ ނަމަ ނުވަތަ އެފަދަ އަލާމާތެއް ނުވަތަ ވޯސްޓް ކޭސް ސިނާއިރޯއަކަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ސީދާ ރައިސުލްޖުމްހޫރިއްޔާގެ ބެލުމުގެ ދަށުން ސަރުކާރުން ވަނީ ތައްޔާރުވެފައި،" އަލީ ވަހީދު ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާ އާއި މި ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުން ވެސް ވަނީ ފެނިފަ އެވެ.