ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ކޮރޯނާއަށް ޓެސްޓު ކުރެވޭކަށް ނެތް، ސާމްޕަލްތައް ފޮނުވާނީ އިންޑިޔާއަށް"

Jan 29, 2020
2
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވާހަކަ ދައްކަވަނީ --
100%
0%
0%

ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ ވަސީލަތެއް ރާއްޖޭގައި ނެތް ކަމަށާއި އެކަން ކުރާނީ އިންޑިޔާއަށް ފޮނުވައިގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރުމުގެ ވަސީލަތްތައް ގާއިމްކޮށް ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް އެކި ގައުމުތަކުން ކުރަމުން އައިކަމުގައިވީ ނަމަވެސް ރާއްޖެއަށް މިހާތަނަށް އެފަދަ ހިދުމަތެއް ދެވޭނެ ވަސީލަތެއް ލިބިފައި ނުވާ ކަމަށެވެ.

ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށް ރާއްޖެއިން ޓެސްޓެއް ހަދަން ބޭނުން ވެއްޖެ ނަމަ އެންމެ ކައިރިން އެފަދަ ލެބޯޓަރީއެއް ހުރީ އިންޑިޔާގައި ކަމަށާއި މަދުވެގެން 48 ގަޑިއިރުގެ ތެރޭގައި ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ހަވާސާގެ ތެރެއިން އަވަސްއިން ސުވާލު ކުރުމުން މިނިސްޓަރު އެކަމަށް ތަފްސީލް ދެއްވަމުން ވިދާޅުވީ 48 ގަޑިއިރުގެ ތެރޭގައި ޓެސްޓު ހެއްދެނީ އިންޑިޔާއަށް ފޮނުވައިގެން ކަމަށެވެ. ޑަބްލިއުއެޗްއޯއާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނައިރު ތައިލެންޑު ވެސް އެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ވެއްޖެ ނަމަ 24 ގަޑިއިރު ތެރޭގައި ޓެސްޓުތައް ހެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓެސްޓް ހެއްދޭނެ ވަސީލަތެއް ރާއްޖޭގައި ނެތް ނަމަވެސް ރާއްޖެއިން އެހެން ހުރިހާ މަސައްކަތަކެއްކޮށް ކޮރޯނާ ވައިރަސްއަށް ތައްޔާރުވެފައިވާ ކަމަށް އަމީން ވިދާާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910