ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އެހީވަނީ

Jan 29, 2020
މޯލްޑިވިއަންގެ ފްލައިޓެއް: ޗައިނާގައި ތިބި ދިވެހިން ގެންނާނީ މޯލްޑިވިއަންގައި
0%
0%
0%

ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރިފައިވާ ޗައިނާގައި ދިރިއުޅޭ ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ އެހީތެރިކަން ހިލޭ ލިބޭނެ ކަމަށް ގައުމީ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިހެން ބުނެފައިވަނީ ޗައިނާގއެ ފަސް ސިޓީއެއްގައި ތިބި ދިވެހިން އަނބުރާ ގައުމަށް އައުމުގެ ޓިކެޓް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

މޯލްޑިވިއަން ބުނީ ޗައިނާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އެ އެއާލައިނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ޗައިނާގެ ޝިއާންގައި ތިބި ދިވެހިން އަންނަ އާދީއްތަ ދުވަހު ރާއްޖެ އައުމަށް ފްލައިޓް ޝެޑިއުލް ކޮށްފައިވާއިރު ޗޮންޗިން ތިބި ދިވެހިންނަށް ހޯމަ ދުވަހު ފްލައިޓެއް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

އަދި ނަންޖިންގައި ތިބި ދިވެހިންނަށް އަނގާރަ ދުވަހު ފްލައިޓެއް ޝެޑިއުލް ކޮށްފައި ވާއިރު ޗެންޑޫގައި ތިބި ދިވެހިންނަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓް އޮންނަނީ ބުދަ ދުވަހު އެވެ. މީގެ އިތުރުން ހަންޖޯގައި ތިބި ދިވެހިން ރާއްޖެ ގެންނަ ފްލައިޓް ޝެޑިއުލް ކޮށްފައިވަނީ ހުކުރު ދުވަހަށެވެ.

ފަސް ސިޓީއެއްގައި ތިބި ދިވެހިން ގެންނަ ފްލައިޓް ޝެޑިއުލް

ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން މޯލްޑިވިއަންގައި ހިލޭ ރާއްޖެ އައުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު އެއާލައިންގެ ފްލައިޓްތަކުން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އެކަން އެންގުމަށް ވެސް މޯލްޑިވިއަނުން އެދިފައި ވެއެވެ.

ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ތިބި ދިވެހިން އެއްވެސް އަގެއް ނުނަގާ ރާއްޖެ ގެންނަން ސަރުކާރުން ނިންމިއިރު، އެ ގައުމުގައި ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވާ ވުހާން ސިޓީން އެއް ވެސް މީހަކު ބޭރު ނުވުމަށް އަންގައި ޗައިނާ ސަރުކާރުން ޕްރޮޓޮކޯލެއް ނެރެފައިވާތީ އެ ސިޓީގައި އުޅޭ ހަތް ދިވެހިން ގެނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޗައިނާގެ ވުހާން ސިޓީގައި ދިރިއުޅޭ ހަތް ދިވެހިން ރާއްޖެ ގެނެވޭ ގޮތް ނުވުމުން ސަރުކާރުން ވަނީ އެ މީހުނަށް މާލީ އެހީތެރިކަން އިތުރުކޮށް ފޯރުކޮށްދޭން ނިންމައިފަ އެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފޮރިން މިނިސްޓްރީން ނުބުނެ އެވެ. އަދި އެ މީހުން މިހާރު ދިރިއުޅެމުންދާ ހާލަތުގެ ތަފްސީލެއް ވެސް ނުދެ އެވެ.

ޗައިނާގެ އެކި ސިޓީތަކުގައި މިވަތުގުތު 79 ދިވެހިން ތިބިކަމަށް އެ ގައުމުގައި ހުރި ރާއްޖޭގެ އެންބަސީން ވަނީ ބުނެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910