މޯލްޑިވިއަން

މޯލްޑިވިއަނުން ޗައިނާއަށް ސީދާ ދަތުރުތައް އަލުން ފަށަނީ

މޯލްޑިވިއަންގެ ބޯޓެއް
0%
0%
0%

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ މޯލްޑިވިއަނުން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް، އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށް މުޝްއިލް ވިދާޅުވި އެވެ.

މި ދަތުރުތައް ފެށުމައްޓަކައި މޯލްޑިވިއަންގެ މުވައްޒަފުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މޯލްޑިވިއަނުން ވަނީ އެ އެއާލައިނުގެ އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމުގެ ގޮތުން އޭ330-200 މަރުކާގެ ދެ ބޯޓު ހޯދުމަށް ވެސް އިއުލާނުކޮށްފަ އެވެ.

ޗައިނާގެ ބޯޑަރު ހުޅުވާލުމާއިއެކު އެ ގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރާއްޖެ ޒިޔާރަތްކުރަމުންނެވެ. މިގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 8،756 ފަތުރުވެރިން އައިސްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910