ހަބަރު

ޑރ. ޝަކީލާއަށް އެވޯޑެއް

ބިޒްނަސް ދާއިރާއިން ކިޔެވި މީހުންގެ ތެރެއިން ނުފޫޒުގަދަ ލީޑަރެއްގެ ގޮތުގައި މި އަހަރުގެ އެވޯޑް، ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު އަދި ވިޔަފާރިވެރިޔާ ޑރ. މަރިޔަމް ޝަކީލާއަށް ލިބިވަޑައިގެންފި އެވެ.

"އިންޓަނޭޝަނަލްގެ އިންފްލުއެންޝަލް ލީޑާ 2020" ޝަކީލާ އަށް ލިބިވަޑައިގަތުން އިއުލާން ކޮށްފައި ވަނީ އޭއެސްބީ އިންޓަނޭޝަނަލްގެ ވެބްސައިޓުގަ އެވެ.

ޝަކީލާ އަކީ ކާޓިން ޔުނިވާސިޓީގެ ދަރިވަރެކެވެ. އެކަމަނާ އަކީ ލީޑާޝިޕް ކޮލިޓީސްތަކުގެ ބޭނުން ހިފައި ދުނިޔޭގެ ކަންކަން ރަނގަޅު ގޮތްތަކަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާ ބޭފުޅެއްކަން އެވޯޑް ދިނުމުގައި ފާހަގަ ކޮށްފައި ވެއެވެ.

ސިމްޑީ ގުރޫޕްގެ ސީއީއޯ ކަންވެސް އަދާ ކުރައްވަމުންދާ ޝަކީލާ ވަނީ މީގެ ކުރިން ހެލްތު މިނިސްޓަރު ކަމާއި އެންވަޔަރަމަންޓް މިނިސްޓަރުކަން ވެސް އަދާ ކުރައްވާފަ އެވެ.