ހަބަރު

ސިވިލްކޯޓުން އަވަސް އަރުވާލައިގެން މައްސަލަ ނިންމާ ކަމުގެ ޝަކުވާ

ސިވިލްކޯޓުން އަވަސް އަރުވާލައިގެން މައްސަލަ ނިންމާ ކަމުގެ ޝަކުވާތަކެއް ލިބިފައި ވާތީ އެކަން ބަލަމުން ގެންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމުގެ ނިޔަތުގައި ނުވަތަ ގިނަ މައްސަލަތައް ނިންމައިގެން ޝަރަފު ހޯދާށައި ވަކި މުއްދަތެއްވީ މައްސަލަތައް ނުބޭއްވުމަށް ފަނޑިޔާރުން މައްސަލަތައް ބަލާ ނިންމަމުންދާ ކަމަށެވެ.

ނަމަވެސް އެގޮތަށް މައްސަލަތައް ނިންމަމުން ދަނީ އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ޝަކުވާ ހުށައެޅިފައިވާ ކަމަށެވެ. އެހެން ކަމުން އެ ކަންކަން ހައްލު ކުރުމަށް ޑީޖޭއޭގައި އެދެން ނިންމާފައިވާ ކަމަށެވެ.

ސިވިލްކޯޓުން މީގެ ކުރިން ވަނީ ގިނަ މައްސަލަތައް ނިންމާ ފަނޑިޔާރުން ފާހަގަ ކޮށްފަ އެވެ.