ދިވެހި ޕްރެމިއާ ލީގް

ގްރީން ސްޓްރީޓް ގަދަ ހަތަރެއް ކަށަވަރުކޮށްފި

ށ، ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކުލަބު ގްރީން ސްޓްރީޓްސް ގަދަ ހަތަރެއްގެ މަގާމު ކަށަވަރު ކޮށްފި އެވެ.

މިރޭގެ މެޗުގައި، ގްރީންގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ. ފުރަތަމަ ލަނޑު އުމޭރު ކާމިޔާބު ކުރީ، ފޯކައިދޫގެ ހާފުގެ މެދެހާހިސާބުގައި ހުރެފައި ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭރު ފޯކައިދޫގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) ހުރީ ގޯލް ލައިންއަށް ވުރެ ކުރިއަށް ނުކުމެވެ.

ދެ ވަނަ ލަނޑު އުމޭރު ކާމިޔާބު ކުރީ މެޗުގެ 57 ވަނަ މިނެޓްގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޔާމީން (ޔާން) ދިން ތުރޫ ޕާހުންނެވެ. ފޯކައިދޫގެ ކުޅުންތެރިންގެ ތެރެއިން ޔާން ދިން ތުރޫ ޕާސް އޭނާ ދިނީ އޭރިއާގެ ތެރެއަށެވެ. އެ ބޯޅަ އުމޭރު ވައްދާލީ ގޯލްގެ ދުރު ކަނަށެވެ.

އޭގެ ފަހުންވެސް ގްރީން އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ތިން ފުރުސަތެއް ލިބިފަ އެވެ. އޭގެ ތެރެއިން އެއް ފުރުސަތުގައި ބޯޅަ ދޔައީ ފޯކައދޫގެ ގޯލްލައިން ކައިރިން ތިރިތިން ގޯލް ހުރަސްކޮށް ބޭރަށެވެ. މެޗުގެ 85 ވަނަ މިނެޓްގައި ޔާން ވަނީ މުހައްމަދު މުސްލިހްއަށް ހުސްކޮށް ބޯޅައެއް ދީފަ އެވެ. ހުސްކޮށް ހުރެ މުސްލިހް ފޮނުވާލި ބޯޅަ ކީޕަރު ޓޮޕްލެކް އަތުން ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

މެޗުން މޮޅުވެ، ގްރީން ވަނީ ހަތަރު ވައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ ކުރިއަށް އޮތް ފޯކައިދޫ މެޗު ކާމިޔާބު ކުރި ނަމަވެސް ގްރީން އަތުލެވޭނެ ގޮތެއް ނެތެވެ.

ލީގްގެ ތިންވަނަ ބުރު ފެށުމުގެ ކުރިންވެސް ގްރިންގެ ކޯޗް އަލީ ސުޒޭން ބުނީ އޭނާގެ ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުން ކަމަށެވެ. މެޗަށް ފަހު އޭނާ ކުޅުންތެރިންނަށް އެކުގައި ޕްރެކްޓިސްތަކެއް ކޮށް މެޗަށް އައިސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.