ހޮލީވުޑް

"ދަ މެޓްރިކްސް 4"ގައި ކިއާނޫ ރީވްސް އާ އެކު ޕްރިޔަންކާ

ދަ މެޓްރިކްސް 4 އިއުލާން ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ވެރައިޓީ މަޖައްލާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ޕްރިޔަންކާ މިހާރު ގެންދަނީ މި ފިލްމުގެ ކާސްޓާ ގުޅުމަށް އެންމެ ފަހުގެ މަޝްވަރާތައް ބާއްވަމުންނެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ޕްރިޔަންކާ ހާމަ ކޮށްފައެއް ނުވެ އެވެ.

ދަ މެޓްރިކްސް 4 އަކީ ލާނާ ވަޗޯސްކީ ޑައިރެކްޓްކޮށް ލިޔެފައިވާ ފިލްމެކެވެ. ފިލްމުގައި ކެރީ-އޭން މޮސް ވެސް ކިއާނޫ ރީވްސް އާއެކު ބައިވެރިވެ އެވެ.

ޕްރިޔަންކާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމު "ދަ ސްކައި އިޒް ޕިންކް" ވަނީ މިދިޔަ އަހަރު ފަހުކޮޅު ރިލީޒްކޮށްފަ އެވެ. ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފަރްހާން އަޚްތަރު އާއި ޒާއިރާ ވަސީމް ވެސް ބައިވެރިވި އެވެ.

ޕްރިޔަންކާ ދެން ކުޅެން ހަމަޖެހިފައިވަނީ ނެޓް ފްލިކްސްގެ ފިލްމް "ދަ ވައިޓް ޓައިގާ" އެވެ. މި ފިލްމުގެ ބަތަލަކީ ރާޖް ކުމާރު ރާއޯ އެވެ.