ދެ ވަނަ ލެގްގައި މެންޗެސްޓާ ޔުނައިޓަޑުން 1-0 ން މެންޗެސްޓާ ސިޓީ ބަލި ކުރި ނަމަވެސް، 3-2 ގެ އެގްރިގޭޓް ނަތީޖާއިން މެނެޗެސްޓާ ސިޓީ އިނގިރޭސި ލީގް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭ ސިޓީގެ ދަނޑުގައި ޔުނައިޓެޑް މޮޅުވި ނަމަވެސް، އެގްރިގެޓް ނަތީޖާއިން ސިޓީ ކުރީގައި އޮތީ ފުރަތަމަ ލެގްގައި ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗް 3-1 ން މެޗު ކާމިޔާބު ކޮށްފައި ވުމުންނެވެ. މިއީ ލީގް ކަޕްގެ ފައިނަލަށް ސިޓީ ދަތުރު ކުރި ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުންނަކީ ވެސް ސިޓީ އެވެ.
އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ސިޓީ ވާދަ ކުރާނީ ލެސްޓާ ސިޓީ ބަލި ކުރުމަށް ފަހު ފައިނަލުގެ ޖާގަ ހޯދި އެސްޓަންވިލާ އާ ދެކޮޅަށެވެ.
ރޭ ގެ ޔުނައިޓެޑްގެ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނިމެންޔާ މަޓިޗް އެވެ. މެޗުގައި ސިޓީން ޖެހި ދެ ލަނޑު ވަނީ އޮފްސައިޑް ވުމުން ބަލައި ނުގެންފަ އެވެ. މެޗުގެ 73 ވަނަ މިނެޓްގައި މަތީޗް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.