ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީންގެ އުސޫލަށް ތަބާވާންޖެހޭ: ހުތުބާ

ކަރަންޓީންގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާ ފުށުއަރާ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ އޮތުމަކީ ކުށްހީއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ބަލި ހާލަތު މެދުވެރިވުމުގެ ސަބަބާއި މުސްލިމުންގެ އަމަލުތައް ބަހައްޓަންވީ ގޮތް" މިނަމުގައި މުޅި ރާއްޖޭގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން އެ ވައިރަސްގެ އަސަރު ފެނިފައިވާ ގައުމުތަކަށް ދަތުރު ނުކުރުމަށާއި ބައްޔަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގޮވާލަމުންދާ ކަމަށެވެ.

ކަރަންޓީނުގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާ ފުށުއަރާ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާ ނަމަވެސް އެއީ ކުށްހީއެއް ކަމަށްވެސް މިއަދު ހުތުބާގައި ވަނީ ބުނެފައެވެ. އަދި ކަރަންޓީގެ އުސޫލަކީ މީގެ 1400 އަހަރު ކުރިން އިސްލާމްދީން ގެނެސްދީފައިވާ އުސޫލެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ވާންހުރި ކަމެއް ވާނެ ކަމަށް ބުނެ ސަބަބުތަކުގައި ނުހިފާ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ހުކުރު ހުތުބާގައި ވަނީ ކޮރޯނާ ވައިރަސް އަދި ހިމަބިހިން ރައްކާތެރިވުމަށް ދީނުގައި ހުއްދަ ކުރައްވާފައިވާ ސިއްހީ ފަރުވާތައް ހޯދުމަށްވެސް ގޮވާލާފައެވެ.

މީގެ އިތުރުން ބައްޔަކީ ނުރަނގަޅު މީހުންނަށް އެކަނި ޖެހޭ އެއްޗެއް ނޫން ކަމަށާ ބައެއް ފަހަރު ބައްޔަކީ މުއުމިނު އަޅުތަކުންގެ ދަރަޖަ އުފުލުމަށް މެދުވެރިވާ ސަބަބެއް ކަމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.