ކަނޑުމަތީގެ ހާދިސާ

ކަނޑުމަތީގެ ދެ އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ

ކަނޑުމަތީގެ ދެ އެކްސިޑެންޓެއް ހިނގާ އެކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެއް ހާދިސާގައި އެކްސިޑެންޓް ވެފައިވަނީ ހުޅުލެ ފެރީއަކާއި ދިއްފުއްޓަށް ދަތުރުކުރާ ލޯންޗެއް ކަމަށެވެ. މިއަދު ހަވީރު 16:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓާއި ގުޅިގެން ލޯންޗުގައި އިން މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އޭނާގެ ހާލަތާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެއެވެ.

ފުލުހުން ބުނީ ދެ އުޅަނދު ދުއްވަން ތިބީވެސް ލައިސަންސް އޮތް މީހުން ކަމަށެވެ.

މީގެ އިތުރުން މިރޭ 19:30 ހާއިރު ވިލިމާލެ ފެރީއަކާއި ވިލާ ގޭސް ދޯންޏެއް ޖެހިވެސް އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އަދި ދެ އުޅަނދު ދުއްވަން ތިބީވެސް ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.