ދިޝާ ޕަޓްނީ

އުޅެ އުޅެ ވެސް ޓައިގާ ސެޓެއް ނުކުރެވުނު: ދިޝާ

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ދިޝާ ޕަޓްނާ އާއި ޓައިގާ ޝްރޮފްގެ ލޯބީގެ ވާހަކަ އަކީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ވާހަކަ އެކެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ދެ އެކްޓަރުން ރައްޓެހި ވެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ.

ކޮފީ ޑޭޓް ތަކުންނާއި ޑިނާ ޑޭޓް ތަކުން ވަރަށް ގިނައިން މި ދެ ތަރިންއެކުގައި ފެނެ އެވެ. ނަމަވެސް ދިޝާ ބުނާ ގޮތުގައި އޭނާ އާއި ޓައިގާގެ އޮންނަނީ ލޯބީގެ ގުޅުމެއް ނޫނެވެ. ގާތް އެކުވެރި ކަމެވެ. ޓައިގާ އާ ރައްޓެހިވާން ދިޝާ ބޭނުން ވިޔަސް އޭނާ އެ ކަމަށް މަސައްކަތް ކޮށް ކޮށް ވެސް ޓައިގާ ސެޓްވާ ގޮތް އަދިވެސް ނުވާ ކަމަށް ވެސް ދިޝާ ބުންޏެވެ.

ކުރިޔަށް އޮތް ހަފުތާގައި ރިލީޒް ކުރާ ދިޝާގެ އާ ފިލްމު "މަލަންގް" ގެ ޕްރޮމޯޝަން މަސައްކަތުގައި އެ ފިލްމުގައި އޭނާއާ އެކު ލީޑް ރޯލު ކުޅޭ އަދިތުޔާ ރޯއި ކަޕޫރާއެކު ދިޝާ އުޅެނީ މިހާރު ވަރަށް ބިޒީ ކޮށެވެ.

ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ދިޝާ ބުނީ "ބާޣީ 3" އެކްޓަރާ އޭނާ ރައްޓެހިވެގެން ނޫޅޭ ކަމަށެވެ. ދިޝާގެ މި ވާހަކައަކީ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކަކަށް ވަނީ ވެފަ އެވެ. ސަބަބަކީ ދިޝާ ކުޅޭ ފިލްމުތަކަށް ވުރެ އޭނާގެ ވާހަކަތައް މީޑިއާގައި ދެކެވެނީ ޓައިގާ އާއެކު އޮންނަ ގުޅުމާ ހެދި ކަމަށް ވާތީ އެވެ. އަދި ދިޝާ އާއި ޓައިގާ އެކުގައި ކުޅުނު "ބާޣީ 2"ގައި ދެ މީހުންގެ ކެމިސްޓްރީ ފެނިފައި ވެސް ގިނަ ބަޔަކަށް ހީވީ އެ މީހުންގެ މެދުގައި ހަގީގީ ލޯބީގެ ގުޅުމެއް އޮންނަ ކަމަށެވެ.

ދިޝާ ކައިރީގައި ހަމަ ހަގީގަތުގައި ވެސް އޭނާ އުޅެނީ ޓައިގާ އާ ރައްޓެހި ވެގެން ނޫންހޭ ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބުގައި އޭނާ ބުނީ އެއީ ހަގީގަތަކަށް ވާން އޭނާ ވެސް ބޭނުން ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ޓައިގާގެ ލޯބިވެރިޔާއަށް ވާން އަހަރެން ބޭނުން. އަހަރެން އެކަމަށްޓަކައި މަސައްކަތް ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވޭ އަދިވެސް،" ދިޝާ ބުންޏެވެ. އެއާއެކު ދިޝާ އާއެކު މި އިންޓަވިއުގައި ބައިވެރިވާ އޭނާގެ "މަލަންގް" ކޯސްޓާ ފުންމައިގެން ތެދުވެ ދިޝާ އާ ދިމާކުރަން ފެށި އެވެ. އަދި ހަގީގަތުގައި ވެސް ޓައިގާ ސެޓު ނުކުރެވިގެންތޯ ދިޝާ އުޅެނީ އަދިތުޔާ ވެސް މަލާމާތުގެ ފާޑަކަށް ސުވާލުކުރި އެވެ.

ޖަވާބުގައި ދިޝާ އަނެއްކާވެސް ބުނީ އާނއެކޭ އެވެ. އަދި ޓައިގާ ސެޓް ކުރެވޭނެ ކޮންމެވެސް ޓިޕްސް އެއް ބުނެދޭން އަދިތުޔާގެ ކިބައިން ދިޝާ އެދުނެވެ.

ސަލްމާން ޚާންގެ "ބާރަތު"ގެ ޕްރޮމޯޝަން ކުރިޔަށް ދިޔައިރު ވެސް ނޫސްވެރިއަކު ދިޝާ އާ ހަމަ މި ސުވާލު ކުރި އެވެ. އެ ފަހަރު ވެސް ދިޝާ ދިނީ ހަމަ މިފަދަ ޖަވާބެކެވެ. ދިޝާ އެ ފަހަރު ބުނީ ޓައިގާ އަކީ ވަރަށް ސްލޯ މޯޝަން މީހެއް ކަމަށާއި އޭނާ އިޝްގުގައި ޖެއްސޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.
"އަހަރެން ޖިމްނާސްޓިކް ދަސްކޮށްދިން. އަހަރެން ފިލްމު ކުޅެފިން. އަހަރެން އަލިފާން ރިންގެއްގެ ތެރެއިން ފުންމައިފިން. އެކަމަކުވެސް ޓައިގާ އިމްޕްރެސް ކުރެވޭ ގޮތެއް ނުވި. ދެން އިތުރަށް އަހަރެން ކީއް ކުރާނީ،" ދިޝާ ބުނެފައި ވެއެވެ.
ދިޝާގެ "މަލަންގް"އަކީ މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިފިލްމުގައި ދިޝާ އާއި އަދިތުޔާގެ އިތުރުން އަނިލް ކަޕޫރާއި ކުނާލް ކޭމޫ ބައިވެރިވެ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

އެޑިޓަރުގެ ނޯޓް: