ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: އަޅާ ފިޔަޅުތައް ރައީސް ސާފު ކުރައްވައިފި

Feb 2, 2020
1

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައެއް ވަޒީރުންނާއި ކަމާގުޅޭ އިދާރާތަކުގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، ކޮރޯނާވައިރަސް އިން ރައްކާތެރިވާން ކުރާ މަސައްކަތްތަކާއި އަޅާ ފިޔަވަޅުތަކުގެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ.

އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ކުރެވެން ހުރި މަސައްކަތްތަކާމެދު މަޝްވަރާ ކުރައްވާ، އިރުޝާދު ދެއްވުމުގެ އިތުރުން ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަން ރައީސް އެދި ވަޑައިގެންނެވި އެވެ.