ޖޭއެސްސީ

ލަސްވެފައިވާ މައްސަލަތަކުގެ ތަފްސީލު ހޯދަނީ

ޖޭއެސްސީގެ ބައެއް މެންބަރުން ފަނޑިޔާރުންނާއެކު --
0%
0%
100%

އަަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޝަރީއަތްތައް ބޭއްވިފައި ނުވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތަކުގެ ތަފްސީލް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލްވުމުގައި ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ ކޯޓްތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ވަރަށް ގިނައިން ޝަކުވާ ލިބެމުންދާތީ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެން ކަމުން ކޯޓްގައި ހިނގަމުންދާ މައްސަަލަތައް އަވަސް ކުރުމަށްޓަކައި އަަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޝަރީއަތްތައް ބޭއްވިފައިނުވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކުގެ އަދަދާއި ތަފްސީލް ހޯދުމަށް ޑީޖޭއޭގައި އެދުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކޯޓްތަކުގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ނުނިމި ވަރަށް ގިނަ ދުވަސްވެފައިވާ ކަމުގެ ޝަކުވާއަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ.

ޖޭއެސްސީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ފަސްޓްލޭޑީ ފަޒްނާ އަހުމަދު މިއަދު ވަނީ ކޯޓްތަކުގައި ހުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބައެއް މައްސަލަތައް ނުނިމި ދިގުލައިގެންދާތީ ޖޭއެސްސީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލްކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

ވޯޓް ހީދަން ކުރާނެ ކަމެއް ނޭގިގެން އުޅެނީ، ކޯޓުން މައްސަލަ އަވަސް ކޮށްލައިފިއްޔާ ބުނާނީ މާއަވަހަށޭ ނިއްމީ ،

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345