ޓޭލާ ސްވިފްޓްގެ "ބޭޑް ބަލަޑް" އެމްޓީވީގެ ވިޑިއޯ މިއުޒިކް އެވޯޑު ހަފްލާގައި އެންމެ ކަމުދާ ވީޑިއޯ އަށް ހޮވިއްޖެއެވެ. އަހަރުގެ ވީޑީއޯގެ އިތުރުން މިވީޑިއޯ ވަނީ "ބެސްޓް ކޮލާބޮރޭޝަން" އަށް ހޮވި، އިތުރު ހަ ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ. މިދިޔަ އަހަރު ނެރުނު 1989 ގެ މިލަވަ މިއަހަރު މޭގައި ނެރިފައިވާ އިރު ވަނީ ވީވޯގެ 24 ގަޑިއިރުތެރޭ އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިޔޯގެ ރެކޯޑް މުގުރާލާފައެވެ.
މިކެޓަގަރީގައި "ބޭޑް ބަލަޑް" ގެ އިތުރުން އެޑް ޝީރަންގެ "ތިންކިން އައުޓް ލައުޑް". ބިޔޯންސޭގެ "7/11" އަދި ބްރޫނޯ މާސްގެ "އަޕްޓައުން ފަންކް" ވެސް ހިމެނުނެވެ.
މި އަހަރު "ވީއެމްއޭ" ގެ ނޮމިނީސް ތަކެއް އިއުލާން ކުރިއިރު ހިޕްހޮޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ވަނީ އަހަރުގެ ވީޑިއޯ ކެޓަގަރީގައި ނުހިމެނޭތީ ޓްވިޓާގައި ޓޭލާއާ ހަނގުރާމަ ކޮށްފައެވެ. އޭނާއަށް އޭގެއިން އެވޯޑެއް ލިބިފައި ނުވީނަމަވެސް އެންމެ ކަމުދާ ހިޕްހޮޕް ވީޑިއޯ އަކަށް އޭނާގެ ލަވަ "އެނެކޮންޑާ" ހޮވުނެވެ.
ހަބަރު ލިބިފައިވާ ގޮތުގައި ޓޭލާ މި ލަވަ ކިޔާފައިވަނީ ހޮލީވުޑްގެ ޕޮޕް ތަރި ކޭޓީ ޕެރީ ދެކެ ރުޅިގަދަވެގެންނެވެ. ޓޭލާއަކީ އެވަގުތަކު ރައްޓެހިވެގެން އުޅޭ މީހަކާ މޫނުކެނޑުމަށް ފަހު ނޫނީ އެކުވެރިޔަކާއި މައްސަލައެއް ޖެހޭއިރަށް ލަވައެއް ނެރުމަށް މަޝްހޫރުވެފައިވާ ތަރިއެކެވެ.