ކުޅިވަރު

ހޭންޑޯނަވިކަށް އަނިޔާވެ މިލާން ޑާބީގައި ނުކުޅެވޭނެ

އިންޓަ މިލާންގެ ކީޕަރު ސަމިއާ ހޭންޑޯނަވިކްގެ އިނގިޔެއް ރެނދުލައި، ކުރިއަށް އޮތް މިލާން ޑާބީގައި ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.

ސްލޮވޭނިއާގެ ގައުމީ ޓީމުގެ ކީޕަރުގެ އިނގިލީގައި ރެނދުލީ މިދިޔަ އާދިއްތަ ދުވަހު އުޑިނޭޒީ އާ ދެކޮޅަށް ކުޅުނު މެޗަށް ފަރިތަކުރަމުން ދަނިކޮށެވެ. އޭނާ އަށް އަނިޔާވުމުން އުޑިނޭޒީ މެޗުގައި ފުރުސަތު ދިނީ ޑެނިއަލޭ ޕެޑޭލީއަށެވެ. އެމެޗަކީ ޕެޑޭލީ، 34 އިޓާލިއަން ލީގްގައި ކުޅުނު ފުރަތަމަ މެޗެވެ.

ހޭންޑޯނަވިކްއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ކިތައް ދުވަސް ފަހުން ކަމެއް އިންޓައިން ހާމަ ކޮށްފައެއް ނުވެ އެވެ. އެ ކުލަބުން ނެރުނު ބަޔާނުގައި ބުނެފައި ވާތުގެ ކުޑަވައި އިނގިއްޔަށް ލިބުނު އަނިޔާ ދެނެގަތުމަށް އެކްސްރޭ ހަދާފައިވާ ކަމަށެވެ. އަދި އޭނާގެ އަނިޔާ ކޮންމެ ދުވަހަކު ރިވިއު ކުރަމުން ދާނެ ކަމަށް އިންޓައިން ބުނެ އެވެ.

އިންޓަ އާއި އެސީ މިލާންގެ ކުރިމަތިލުމަކީ ޒަމާނުންސުރެ މުޅި ދުނިޔޭގައިވެސް މަޝްހޫރު ކުރިމަތިލުމެކެވެ. މިލާންގެ މެޗަށް ފަހު އިންޓަ އާއި އޭސީ މިލާނަށްވެސް އޮތީ އަނެއްކާވެސް އޮތީ ވަރުގަދަ ކުރިމަތިލުމެކެވެ. އެއީ އިޓާލިއަން ކަޕްގެ ސެމީ ފައިނަލު މެޗުތަކެވެ. ސެމީ ފައިނަލުގައި ނަޕޯލީއާ ދެކޮޅަށެވެ. މިލާން ނުކުންނާނީ ޔުވެންޓަސް އާ ދެކޮޅަށެވެ.