ޖިންސީ ގޯނާ

ޖިންސީ ގޯނާ: މިފަހަރު މަންމަ ފިރިހެން ދަރިފުޅަށް!

ދެކުނުގެ ރަށެއްގައި މަންމައަކު އޭނާގެ ފިރިހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 18 އަހަރު ނުވާ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް މި މަހުގެ ދެވަނަ ދުވަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން މިހާރު އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ އިތުރު ދެ ކުދިން ވެސް ތިބެ އެވެ. މިނިސްޓްރީން ވަނީ އެ ދެ ކުދިން ވެސް އޭނާގެ އަތުން ނަގާފަ އެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިއީ ފިރިހެން ދަރިފުޅަށް މަންމައެއްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެގެން މިފަހުން މައްސަލައެއް ހުށައެޅި ފުރަތަމަ ފަހަރެވެ.

މި ދުވަސްވަރު ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑުވެފައިވާއިރު އެ ފަދަ މައްސަލަތަކުގައި ގިނަ ބަޔަކު ދަނީ ހައްޔަރުކުރަމުންނެވެ.