ހަބަރު

އާ ރީހެބް މިންގަނޑުތަކަށް ފެތޭތޯ އެޗްއާރުސީއެމުން ބަލައިފި

Feb 5, 2020

ކ. ހިންމަފުށީގައި ސަރުކާރުން ގާއިމުކުރަމުންދާ ނެޝަނަލް ރީހެބިލިޓޭޝަން ސެންޓަރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްފަހު، އެކަމާ ގުޅޭ ރިޕޯޓެއް ކަމާ ގުޅޭ އިދާރާތަކާ ހިއްސާ ކުރާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޗްއާރުސީއެމްގެ އޮފިޝަލުން މިއަދު އާ ރީހެބިލިޓޭޝަން ސެންޓަރަށް މޮނިޓަރިންގެ ޒިޔާރަތެއްކޮށްފައިވާ ކަމަށެވެ. އެ ޒިޔާރަތުގައި އެ ސެންޓަރަކީ ދައުލަތުގެ ބެލުމުގައި ދަށުގައިތިބޭ މީހުން ބޭއްތިއްބުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނެއްތޯ ބަލާފައިވާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން، އެ ސެންޓަރާ ގުޅޭގޮތުން، ކޮމިޝަނަށް ފާހަގަވި ކަންކަމުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ ރިޕޯޓެއް ކަމާބެހޭ މުއައްސަސާތަކާ ހިއްސާ ކުރާނެކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.