ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާއަށް ޕޮޒިޓިވް ކަމަށް ބުނެ ބޯޓު ޖައްސަން މަޖްބޫރުކޮށްފި

ޓޮރޮންޓޯއިން ޖަމައިކާއަށް ދަތުރުކުރި ފްލައިޓެއްގައި އިން 28 އަހަރުގެ މީހަކު ކުރި ކަމަކުން އޭނާ ދަތުރުކުރި މަތިންދާބޯޓު އިމަޖެންސީގައި ޖައްސަން މަޖްބޫރު ކުރުވައިފި އެވެ.

މަތިންދާބޯޓު ދަތުރަށް ފެށި ފަހުން އެމީހާ ވަނީ އޭނާއަކީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށް ބުނެ ބޯޓުގައި ތިބި އެހެން ފަސިންޖަރުންނަށް ބިރުވެރިކަން ވެރި ކުރުވާފަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ގޮތުން ބޯޓު އަނބުރާ ކެނެޑާގެ ޕިއާސަން އެއާޕޯޓަށް ޖައްސަން މަތިންދާބޯޓުގެ ޕައިލެޓުންނާއި ކުރޫން ނިންމީ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ބުނެ މި މީހާ ދޮގު ހެދީ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދަން ވެގެންނެވެ.

ޖޭމްސް ޕޯޓޮކް ނަމަކަށް ކިޔާ މި މީހާ ދަތުރުކުރި ފްލައިޓުގައި 200 ފަސިންޖަރުން ތިއްބެވެ. ފްލައިޓު އުދުހެމުން ދަނިކޮށް މި މީހާ ކުއްލިއަކަށް ސީޓުން ތެދުވެ ހުރެގެން އޭނާގެ ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރިކަމަށް ބުނީ އެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ވަރަށް ފަހުން ޗައިނާގެ ވޫހާނުގައި އުޅެފައި އައި މީހެކެވެ. އަދި ވޫހާން އަކީ ކޮރޯނާވައިރަސް ފެށުނު އަދި އެ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ރަށް ކަމަށް ވެސް އެމީހާ ބުނި ކަމަށް ގްލޯބަލް ނިއުސްގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

"އެންމެންގެ ސަމާލުކަމަށް އަހަރެން އެދެން. އަހަންނަކީ ވޫހާނަށް ދަތުރު ކުރުމަށްފަހު އައިސް ހުރި މީހެއް. ވޫހާން އަކީ ޗައިނާގެ ރަށެއް. އަދި ކޮރޯނާވައިރަސް ފެށިފައިވަނީ އެ ރަށުން،" މަތިންދާބޯޓުގައި ތިބި މީހުންނާ މުޚާތަބުކޮށް އެމީހާ ބުންޏެވެ.

އެ މަތިންދާބޯޓުން އެ ދުވަހު ދަތުރުކުރި ޓީފަނީ ރިޗަޑްސް ކިޔާ މީހަކު ބުނި ގޮތުގައި އޭނާ ވަރަށް ހާލު ވަރަށް ބޮޑަށް ދެރަވަމުންދާ ކަމަށް ވެސް ޕޯޓޮކް ބުންޏެވެ. އޭނާއަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެންމެން އޭނާއާ ދުރުގައި ތިބުމަށް އެދޭ ކަމަށާއި އެކަކުވެސް ކައިރިއަށް ނައުމަށް އެދޭ ކަމަށްވެސް ޕޯޓޮކް ބުނިކަމަށް ޓިފަނީ ބުންޏެވެ.

ޕޯޓޮކް ވަރަށް ގިނަ ފަހަރަށް މި ވާހަކަ ބޯޓުގައި ތިބި ފަސިންޖަރުންނާ ދެއްކުމަށްފަހު އޭނާގެ ގޮނޑީގައި އިށީނީ އެވެ. އަދި އޭނާ ވާހަކަ ދައްކަނިކޮށް ވީޑީއޯ ކުރުމަށްފަހު ސޯޝަލް މީޑިއާގައި ވެސް ޕޯސްޓް ކުރި އެވެ.

ޕޯޓޮކް އަކީ ޔޫޓިއުބުގައި ވަރަށް މަޝްހޫރު މީހެކެވެ. ފަހުން އޭނާ ވަނީ މި ކުރި ކަންތަކަށް މައާފަށް އެދިފައިވާ ވީޑިއޯއެއް ޔޫޓިއުބަށް އަޕްލޯޑް ކޮށްފަ އެވެ. އަދި ވޫހާނުން އައި ކަމަށާއި ކޮރޯނާވައިރަސް ހުރިކަމަށް ބުނީ މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ދޮގު ހަދައިގެން ކަމަށް ވެސް ޕޯޓޮކް ވަނީ އެއްބަސްވެފަ އެވެ.

މި މީހާ މި ހެދި ދޮގުގެ ބަދަލު އޭނާއަށް ދައްކަން ޖެހުނީ ވަރަށް ހިތިކޮށެވެ. މަތިންދާބޯޓު ރަންވޭގައި އަނބުރާ ޖެއްސުމައެކު އެއާޕޯޓު ފުލުހުން ވަނީ އޭނާ ގެންގޮސްފަ އެވެ. އަދި އޭނާގެ މައްޗަށް ދޮގުހެދުމާއި އޮޅުވާލުމުގެ ދައުވާ ކުރާނެކަމަށް ނޫސް ރިޕޯޓުތަކުގައި ވެއެވެ.