ހަބަރު

މާފަރު ސިއްހީ މަރުކަޒުގެ ތިޖޫރީ ފަޅާލައިފި

ނ. މާފަރު ސިއްހީ މަރުކަޒު ތިޖޫރީ ފަޅާލައި، ތިޖޫރީގައި ހުރި ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން މިރޭ ބުނީ މާާފަރު ސިއްހީ މަރުކަޒުގެ ތިޖޫރީ ފަޅާލައި އެ ތިޖޫރީން ވައްކަން ކޮށްފައިވާ މައްސަލަ މިއަދު ހެނދުނު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ތިޖުރީން ގާތްގަނޑަކަށް 7،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.