ހަބަރު

ޝިދާތާގެ އިސްތިއުފާއަކީ ހިތްވަރުގަދަ އަމަލެއް: އަދާލަތު

ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވި ދެއްވުން އަދާލަތު ޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޝިދާތާ އިސްތުއުފާ ދެއްވުމާއި ގުޅިގެން އަދާލަތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެކަމަނާ އިސްތިއުފާ ދެއްވައި މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވުމަކީ އެ ޕާޓީން އުފަލާއެކު ފަހަގަކޮށް ބަލައިގަންނަ ކަމެއް ކަމަށެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަ ބަޔަކަު ދައްކައި، އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ޝިދާތާ ކުރައްވާފައިޗވަނީ ބުރަ މަސައްކަތްތަކެއް ކަމަށާއި އަދި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔާބު ފިޔަވަޅުތަކެއް ކަމަށެވެ.

"... ޝިދާތާ ޝަރީފަކީ 2010 ވަނަ އަހަރުން ފެށިގެން މި ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތަށް ގުރުބާނީއެއް ވެވަޑާއިގެންނެވި ބޭކަނބަލެކެވެ. އެކި އެކި ފޯރަމް ތަކުގައްޔާއި މަގުމަތީގައި، އިސްލާހަށް ހިންގުނު ގިނަ މަސައްކަތްތަކުގައި ހިތްވަރާއެކު ބައިވެރިވެފައިވާ ކަނބަލެކެވެ. އެއީ މި ޕާޓީން އަބަދުވެސް ހަނދާންކޮށް ފާހަގަ ކުރާނެ ހިދުމަތެކެވެ." ބާޔާނުގައިވެ އެވެ.