ހަބަރު

ލަންކާގެ އިމާރާތަކުން ދިވެހި ކުއްޖަކު ވެއްޓި ހާލު ސީރިއަސް

ސްރީލަންކާގެ އިމާރާތެއްގެ ދެވަަނަ ފަންގިފިލާއިން ދިވެހި ކުޑަކުއްޖަކު ވެއްޓި ލިބުނު ގެއްލުންތަކަށް ފަރުވާދޭން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވެސް ވަނީ އެ ހާދިސާ ޔަގީންކޮށް ދެއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި ލަންކާގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓިފައި ވަނީ އުމުރުން ތިން އަހަރު ކުއްޖެކެވެ. އަދި އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ކަޅުބޯވިލާ ހޮސްޕިޓަލްގަ އެވެ. ނަމަވެސް އެ ކުއްޖާ އިތުރު ފަރުވާއަށް މިހާރު ވަނީ ލަންކާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު ކުއްޖާގެ ހާލު ސީރިއަސް އެވެ.

ފޮރިން މިނިސްޓްރީން ބުނީ އާއިލާއިން އެދިއްޖެ ކޮންމެ ހާލަތެއްގައި އެމްބަސީން އެހީތެރިކަން ދޭނެ ކަމަށެވެ.