ލައިފްސްޓައިލް

ސައިންސް ބުނަނީ އެންމެ ރީތީ ރޮބަޓް ޕެޓިންސަން ކަމަށް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބަޓް ޕެޓިންސަން އަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ރީތި ފިރިހެނާ ކަމަށް ސައިންޓިފިކް ދިރާސާއަކުން ދައްކާފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ނޫހަކުން ބުނެފި އެވެ.

ސައިންސްވެރިންގެ ދިރާސާގައި ބަލާފައިވަނީ އުމުރުން 33 އަހަރުގެ އެކްޓަރުގެ ބުމައާއި ލޮލާއި ކޯތާފަތާއި ނޭފަތް، ތުންފަތް އަދި އާއްމުކޮށް މޫނުގެ ބައްޓަން ހުރި ގޮތެވެ. އަދި އެހެން ފިރިހެން ސެލެބްރިޓީންގެ ސިފަތަކާއި ޕެޓިންސަންގެ ސިފަ އަޅާ ކިޔުމަށްފަހު ކުރީ ޒަމާނުގައި ގްރީކް މީހުން ރީތިކަން މިނަން ގެންގުޅުނު މިންގަނޑުން ބެލުމުން މި ނަތީޖާ ނުކުތީ ކަމަށް ވެއެވެ.

އެންމެ ރީތީ ކާކުކަން ދެނެގަތުމަށް ސައިންސްވެރިން ވަނީ ހިސާބު ފޯމިއުލާއެއް ތަރައްގީ ކޮށްފަ އެވެ. މި ފޯމިއުލާގެ އެހީގައި މީހަކު ރީތިވާ ސަބަބުތައް އޮޅުން ފިލަ އެވެ. އަދި އެމީހެއްގެ ރީތިކަން ހުރި މިންވަރު ޕަސެންޓޭޖުން ބަލާލެވެ އެވެ. މި ފޯމިއުލާ ބުނާ ގޮތުން ޕެޓިންސަން އަށް ލިބިފައިވަނި 92.15 ޕަސެންޓެވެ.

"ދަ ބެޓްމޭން" އެކްޓަރުގެ ފަހަތުން ލިސްޓުގައި އިތުރު ނުވަ ނަމެއް ވެއެވެ. ލިސްޓުގެ ދެ ވަނައިގައި އޮތީ ހެންރީ ކެވިލް އެވެ. އެއާ ޖެހިގެން ތިން ވަނަ އަށް ބްރެޑްލީ ކޫޕާ އެވެ. ބްރެޑް ޕިޓް، ޖޯޖް ކްލޫނީ، ހިއު ޖެކްމަން، ޑޭވިޑް ބެކަމް، އިދްރިސް އެލްބާ، ކެންޔާ ވެސްޓް އަދި ރަޔަން ގޮސްލިން އުޅެނީ އެހެން ވަނަތަކުގައި ނަންތަކުގެ ތަރުތީބުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި ނޫހުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ރީތި އަންހެނާއަކީ ބެލާ ހަދީދް ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ދައްކާފައިވާ ކަމަށެވެ.