ވިޔަފާރި

އެސްޓީއޯ ޓްރޭޑް ސެންޓަރުން ވިޔަފާރި ކުރަން ޖާގައެއް

Feb 10, 2020

އެސްޓިއޯ ޓްރޭޑް ސެންޓަރުން، ހުސް ވެފައިވާ ބްލޮކް ތަކެއް ކުއްޔަށް ދޭން އިއުލާނު ކޮށްފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުން ބްލޮކް ތަކެއް ކުއްޔަށް ދިނުމާބެހޭ ގޮތުން، ކޮށްފައިވާ އިއުލާނެއްގައި ބުނީ ޓްރޭޑް ސެންޓަރުން ހުސް ވެފައިވާ ބްލޮކް ދޭއް އަދި ފަހެއް ކުއްޔަށް ދޫކުރަން ބޭނުންވާ ކަމަށެވެ.

ޓްރޭޑް ސެންޓަރުން މި ތަންތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތް ތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ފަހު ބީލަން ހުށަހަޅަން ޖެހެނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރަކީ ރާއްޖޭގައި އެންމެ ގިނަ ހަރަކާތްތައް ހިންގާ އެއް އިމާރާތެވެ. މިތަނުގައި އޮފީސްތަކުގެ އިތުރުން ގިނަ ފިހާރަ ތަކެއް ވެސް ހުރެ އެވެ. އެ އިމާރާތުން ބްލޮކެއް ހުސްވެގެން މި ގޮތަށް ވަރަށް އިއުލާން ނުކުރެ އެވެ.