އއ. މާޔާފުށިން 28 މީހުނާއެކު ހުޅުލެއަށް ދަތުރުކުރި ލޯންޗެއް މާޔާފުށީ ފަރަށް އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:45 އެހާކަންހާއިރު އެވެ. އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގި އިރު ލޯންޗުގައި 25 ގެސްޓުންނާއި ދިވެހިންގެ ދެމީހަކާއި ބިދޭސީ ފަޅުވެރިއަކު ހުރި ކަމަށެވެ.
ލޯންޗުގައި ތިބި މީހުން ރައްކާތެރިކަމާއެކު ވަނީ މާޔާފުށްޓަށް ގެންގޮސްފަ އެވެ.
ފަރަށް އަރާފައިވަނީ "ސްވެނިއާ 19" އެވެ. އެއީ 40 ފޫޓުގެ ލޯންޗެކެވެ.