ލަންޑަން (ޖެނުއަރީ 6) – ކެޕްޓަން ސްޓީވަން ޖެރާޑް ޖެހި ދެ ލަނޑާއެކު އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ވިމްބަލްޑަން އަތުން 2-1 އިން ރަށުން ބޭރުގައި މޮޅުވެ، ލިވަޕޫލް މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ޖެރާޑް ،34، ލިވަޕޫލަށް ލީޑު ހޯދައިދިނީ މެޗުގެ 12 ވަނަ މިނިޓުގަ އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިމްބަލްޑަން އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ވިމްބަލްޑަންގެ އަޑެބަޔޯ އަކިންފެންވާ ޖެހި ލަނޑުންނެވެ.
ލިވަޕޫލް މެޗުން ސަލާމަތްވީ މުޅި ކެރިއަރުގައި ހޭދަކޮށް، ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ޖެރާޑް މެޗުގެ 62 ވަނަ މިނިޓުގައި ހިލޭ ޖެހުމަކުން ޖެހި ލަނޑުންނެވެ.
ދެހާސް ތިން ވަނަ އަހަރުން ފެށިގެން ލިވަޕޫލްގެ ކެޕްޓަންކަން ކުރަމުންދާ ޖެރާޑް ވަނީ މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލައި، އެމެރިކާ ލީގަށް ބަދަލުވާން ނިންމައިފަ އެވެ.
"މިއީ ވަރަށް އުނދަގޫ މޮޅެއް. ވިމްބަލްޑަންގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު،" ރޮޖާސް ބުންޏެވެ. "ލިވަޕޫލްގެ ކުޅުންތެރިންނަށް ތައުރީފްކުރަން. ލިވަޕޫލްގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރި."
އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ބާންލީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. -- ބީބީސީ