ސެލްޓަ ވީގޯ

ސެވިއްޔާ ބަލިކޮށް ސެލްޓަވީގޯ ރެލިގޭޝަނުން އަރައިފި

ސެވިއްޔާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސެލްޓަ ޑެ ވީގޯއިން ސްޕެނިޝް ލީޣްގެ ރެލިގޭޝަން ޒޯނުން އަރައިގެންފި އެވެ.

ސެލްޓައިން މެޗު ކާމިޔާބު ކުރީ މެޗުގެ ފަހު ކޮޅުގައި ފަހަތުން އަރައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި ސެވިއްޔާއިން ވަނީ ލީޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޔޫސުފް އެން ނެސީރީ އެވެ.

ސެވިއްޔާގެ ފުރަތަމަ ލަނޑު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިއާގޯ އަސްޕަސް އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ރަފީނިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ސެލްޓަ މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރީ ޕަޔޯން ސިސްޓޯ އެވެ.

ސެލްޓައަށް ދެން އޮތް މެޗަކީ، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.