ހަބަރު

ދެ ބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން ބަލަނީ

ތިލަފުށީ ކައިރީގައި އަޅާފައި އޮތް ދެ ބޯޓެއްގެ ނަގިލި ކަނޑައިގެން ގޮސް އޮޔާ ދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު މެންދުރުން ފެށިގެން އޮޔާދާ ދެ ބޯޓުގައި ވެސް އެއްވެސް މީހަކު ނެތް ކަމަށެވެ.

އޮޔާ ދަނީ "އޮއިވާލި 101" ނަމުގައި ދުއްވާ ބޯޓަކާއި "އޮއިވާލި 108" ނަމުގައިވާ ބޯޓެކެވެ. މި ދެ ބޯޓު އަޅާފައި ވަނީ އެއް ނަގިލިންނެވެ.

މި ދެ ބޯޓު އޮޔާ ދާތީ ދަތުރުވެރިން އެކަމަށް ސަމާލުވާން އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.