ސުޝްމީތާ ސެން

ސުޝްމިތާ އެނބުރި އަންނަ ފިލްމު މާޗް 29 އަށް

ގިނަ އަހަރުތަކަކު ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަކަން ސުޝްމިތާ ސިންގް އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި އިންސްޓަގްރާމް މެދުވެރިކޮށެވެ.

ސުޝްމިތާ ބުނެފައިވާ ގޮތުގައި އޭނާގެ ފޭނުން 10 އަހަރު ވަންދެން އޭނާ އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްފި އެވެ. އެހެންވެ ފޭނުންނަށްޓަކައި އޭނާ އަލުން އެނބުރި މުނިފޫހިފިލުވުމުގެ މަސައްކަތަށް ނުކުންނަން ނިންމީ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސުޝްމިތާގެ އެނބުރި އައުން ފާހަގަކުރާނީ "އާރްޔާ" ކިޔާ ޓީވީ ޝޯ އަކުންނެވެ. މިއީ އޮރިޖިނަލް ޝޯއެއް ކަމަށާއި އަންނަ މާޗް 29 ވަނަ ދުވަހު މި ޝޯ ދައްކަން ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ޝޯ އިންޑިއާ މާކެޓަށް ފޮނުވާނީ ޑިޒްނީ އާއި ހޮޓްސްޓާ ސްޓްރީމިން ނެޓްވޯކުންނެވެ.

މި ޝޯ ޑައިރެކްޓް ކުރަނީ ރާމް މަދުވާނީ އެވެ. ޝޯގެ ޝޫޓިން މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ކުރިޔަށް އެބަދެ އެވެ. މި ޝޯގައި ސުޝްމިތާ ކުޅެނީ އާރްޔާގެ ކެރެކްޓާ އެވެ.