މާލޭ ސިޓީ

މާލޭ ބަނދަރުގައި އިންޑިއާގެ މަނަވަރެއް

Feb 11, 2020

އިންޑިއާގެ މަނަވަރެއް މިއަދު ރާާއްޖެއަށް ވަދެ ބަނދަރު ޖަހައިފި އެވެ.

ގައުމީ ދިފާއީ ބާރުން ބުނީ އިންޑިއާގެ ހަނގުރާންމަތީ މަނަވަރު، "އައިއެންއެސް އައިރަވަތު" މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި އެ މަނަވަރު އައީ މި މަހުގެ 10 އިން 16 އަށް ކުރާ ދަތުރެއްގައި ކަމަށެވެ.

އާންމު ގޮތެއްގައި އިންޑިއާގެ މަނަވަރުތައް ރާއްޖެ އަންނީ ދިވެހި އަސްކަރިއްޔާއާއެކު ގުޅިގެން ހިނގާ ތަމްރީނު ހަރަކާތްތައް ހިންގުމަށެވެ.