މާލޭގެ މަގެއްގެ މަތިން ޕައިތަން ހަރުފައެއް ހިފައިފި އެވެ.
މި ހަރުފަ ހިފާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި މި ހަރުފައިގެ ދިގުމިނުގައި ގާތްގަނޑަކަށް ފަސް ފޫޓު ހުންނާނެ އެވެ.
މި ހަރުފަ ހިފާފައިވަނީ ސިފައިންނެވެ.
މީގެ ކުރިން މާލޭގެ ލަކުޑި ގުދަނަކުންވެސް ހަރުފައެއް ފެނިފައިވެ އެވެ.