ސަލްމާން ހާން

ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ"ގެ ބަތަލާއަކަށް ޕޫޖާ

ސަލްމާން ޚާންގެ އާ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގެ ބަތަލާ އަކަށް ޕޫޖާ ހެގްޅޭ ހަމަޖައްސައިފި އެވެ.

ޕޫޖާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭނާއަށް އާ އަހަރު ފެށިފައި ވަނީ ވަރަށް ހިތްހަމަޖެހޭ ފަދަ ކާމިޔާބު ގޮތަކަށް ކަމަށާއި ސަލްމާނާއެކު ޝޫޓިންގައި ބައިވެރިވާ ހިތުން ކެތްމަދުވެފައި ހުރި ކަމަށެވެ. މި ފިލްމުގައި ޕޫޖާ ކުޅެނީ ސަލްމާންގެ ލޯބިވެރިޔާގެ ރޯލެވެ.

"ކަބީ އީދު ކަބީ ދިވާލީ" ގެ ސްކްރިޕްޓް ލިޔެ ފިލްމު ޕްރޮޑިއުސް ކުރަނީ ސާޖިދު ނަދިއަދްވާލާ އެވެ. ސާޖިދު ބުނި ގޮތުގައި "ހައުސްފުލް 4"ގައި ޕޫޖާ އާ އެކު މަސައްކަތް ކޮށްފައި ވާތީ މި ފިލްމަށް އޭނާ ވަރަށް ފިޓްވާކަން ގަބޫލު ކުރެވިގެން މި ފިލްމުގައި ޕޫޖާ ބައިވެރި ކުރީ އެވެ. ޕޫޖާ ސްކްރީނުން ފެންނަލެއް އަޖައިބެއްހާ ފުރިހަމަ ކަމަށާއި ސަލްމާނާއި ޕޫޖާގެ ޖޯޑު ވަރަށް ގުޅޭނެ ކަމަށް ވެސް ސާޖިދު ގަބޫލު ކުރެ އެވެ.

ޕޫޖާ އާއި ސަލްމާން މިހާތަނަށް އެއް ފިލްމަކުން ފެނިފައި ނުވާތީ މި ޖޯޑުން ފިލްމުގެ ވާހަކައަށް ތާޒާ ކަމެއް ގެނެސްދޭނެ ކަމަށް ޕްރޮޑިއުސަރު އުންމީދު ކުރެ އެވެ.

ސާޖިދު ބުނި ގޮތުގައި "ޖުޅްވާ" އަކީ ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އީދެއްގައި ރިލީޒްކުރި ފުރަތަމަ ފިލްމެވެ. "ކިކް" ވެސް ރިލީޒް ކުރީ އޭގެ މާ ފަހުންނެވެ.

މި ފިލްމުގައި ސަލްމާން ފެނިގެން ދާނީ ވަރަށް ތަފާތު ސިފަޔަކަށެވެ. ސަލްމާން ބަހައްޓާނެ ސިފައެއް ނިންމުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ. ޕޫޖާ މި ފިލްމުގައި ކުޅެނީ އަވަށްގަނޑުގައި އުޅޭ ވަރަށް އާދައިގެ އަންހެން ކުއްޖެއްގެ ބައެވެ.

ފަރްހާދް ސަމްޖީ ޑައިރެކްޓްކުރާ މި ފިލްމު ތައްޔާރު ކުރަނީ 2021 ގައި އަންނަ ފިތުރު އީދު ދުވަހަށެވެ.