ވިޔަފާރި

އެސްޓީއޯއިން ހެވީ ވެހިކަލް ދުއްވަން ދަސްކޮށްދެނީ

Feb 12, 2020

އެސްޓީއޯއިން ހެވީ ވެހިކަލް ދުއްވަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އިން ބުނީ ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ، ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށް ކަމަށެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތް ތަކަށް ސެޓްފިކެޓް ދީ ލައިސަންސް ނަގައި ދިނުމުގެ ކަންކަމުގައި ވެސް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

ތަމްރީނަށް ހުޅުވާލާފައިވާ ވެހިކަލްތައް

  • ފިޔޯރީ ސެލްފް ލޯޑިންގް މިކްސަރު (ސިމެތި އުފުލައިގެން ދުއްވާ އުޅަނދު)
  • ފިޔޯރީ ޓްރާންސިޓް މިކްސަރު
  • ކޮންކްރީޓް ޕަންޕް މިކްސަރު (ބޫމް ޕަންޕް)
  • ކޮންކްރިޓް ޕަމްޕް މެޝިން

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރި ވެވޭނީ 18 އަހަރާއު 35 އަހަރުގެ މީހުނަށެވެ. އަދި އެއީ ސީ- ވަން ކެޓަގަރީގެ ޑްރައިވިން ލައިސަންސް އޮތް މީހަކަށް ވާން ޖެހެ އެވެ. އަދި ގްރޭޑް އަށެއް ނިންމާފައިވުމާއެކު މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާންޖެހެ އެވެ.

އެސްޓީއޯ ބުނީ މި ތަމްރީން ފުރިހަމަކޮށް ނިމި ލައިސަންސް ލިބުމުން އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެސްޓީއޯ އަށް ހިދުމަތް ކުރަން ވާނެ ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހެވެ.