ހަބަރު

18 މީހުނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް

މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި ލޯންޗެއް ވ. ފެލިދޫ ކައިރިން ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ 18 މީހުނާއެކު މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރަނިކޮށް ފަރަށް އެރީ "ލީޖިއޮން 7" ލޯންޗު ކަމަށާއި އެ ލޯންޗު އެރީ ފެލިދޫގެ ހުޅަނގުން 10 ނޯޓިކަލް މޭލު ބޭރު އޮތް ފަރަކަށް ކަމަށެވެ.

މިއަދު ހެނދުނު ލޯންޗް ފަރަށް އެރި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަން މިހާތަނަށް ސާފު ވެފައެއް ނުވެ އެވެ. އެ ލޯންޗުގައި ތިބި މީހުނަށް އެހީތެރިކަން ފޯރުކޮށްދޭން ސީ އެމްބިއުލާންސް ވަނީ ހަރަކާތްތެރިވެފަ އެވެ.