އަލީ އަޝްފާގު (ދަގަނޑޭ)

ފިލިޕީންސާ ދެކޮޅަށް ދަގަނޑޭ ފެނުމުގެ ފުރުސަތު ކުޑަވެއްޖެ

Sep 2, 2015
1

ރަހުމަތްތެރިކަމުގެ މެޗެއްގައި މާދަމާ ހަވީރު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.

މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ މި މެޗުގައި ނުކުޅެނީ އޭނާގެ އަމިއްލަ ބައެއް ކަންތައްތައް ނިންމުމަށް މިވަގުތު މާލޭގައި ހުރުމަށް ވަގުތުބޭނުންވުމުންނެވެ. ނަމަވެސް އަންނަ އަންގާރަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް އޭނާ ނުކުންނާނެ އެވެ. މެލޭޝިޔާ ލީގު ނިމިފައިވާތީވެ ދަގަނޑޭ މިވަގުތު ހުރީ މާލޭގަ އެވެ.

ގައުމީ ޓީމު ޕިލިޕީންސާ ދެކޮޅަށް ކުޅެން އެ ގައުމުގެ ކޭމްޕް ކުރީ މި ދިޔަ މަހުގެ 29ގައެވެ. އެ ގައުމުގައި ރާއްޖެ ވަނ މިހާތަނަށް ޕިލިޕީންސްގެ ކުލަބަކާ ދެކޮޅަށް މެޗެއް ވެސް ކުޅެފަ އެވެ. މި މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ.

ފިލިޕީންސް ޓީމުން ބުނީ މާދަމާގެ މެޗުގައި އެ ގައުމުގެ މުހިންމު އަށް ކުޅުންތެރިއަކު ނުކުޅޭނެ ކަމަށެވެ. އެއީ އަނިޔާ އާއި ގައުމީ ބޭރުގައި ކުޅޭ ބައެއް ކުޅުންތެރިންނަށް މި މެޗަށް އާދެވޭގޮތްނުވުމުންނެވެ.