ހަބަރު

ވިލިމާލޭގައި ޒުވާނަކު ރުކަކުން ވެއްޓި އަނިޔާވެއްޖެ

ވިލިމާލޭގައި ރުކަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރުކަކުން ވެއްޓި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ޒުވާނަކަށެވެ. އޭނާ ރުކުން ވެއްޓުމުން ފަރުވާއަށް ގެންގޮސްފައި ވަނީ ވިލިމާލެ ހޮސްޕިޓަލަށެވެ.

ނަމަވެސް އިތުރު ފަރުވާއަށް ސިފައިންގެ އެހީތެރިކަމުގައި އޭނާ މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.