ސަރުކާރުގެ "ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ގަސް އިންދުމުގެ ޕްރޮގްރާމެއް ތިލަފުށީގައި ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ސިނާއީ އެ ރަށުގައި ގަސް އިންދީ މިއަދު ހެނދުނު އެވެ. ގަސް އިންދުމުގެ އެ ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ރަށްފެހި ޕްރޮގްރާމަކީ މި ސަރުކާރާއެކު އެކުންފުނިން ކޮންމެ އަހަރަކު ވެސް ހިންގާނެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ 35 އިންޖީނުގެއެއްގައި އެކަން ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ ގަސް އިންދާ މި ޕްރޮގްރާމްގައި ވަނަ ވެސް ހޮވާނެ ކަމަށާއި އެންމެ ގިނަ ގަސް އިންދި ޑިޕާޓްމެންޓާއި، ތަފާތު ގަސްގަހާއި އެންމެ ރީތި ގަހާއި އެންމެ ރަނގަޅަށް ގަސް ބަލަަހައްޓާ މުވައްޒަފުން ހޮވައި އިނާމް ދޭނެ ކަމަށެވެ.
ސްޓެލްކޯގެ މި ޕްރޮގްރާމްގައި މިދިޔަ އަހަރު 2000 ގަސް އިންދި އެވެ. މިއަހަރު 3000 ގަސް އިންދަން ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ.
މުޅި ރާއްޖެ ފެހި ކުރަން ސަރުކާރުން "ރަށްފެހި" ޕްރޮގްރާމެއް ފެށީ 2018 ވަނަ އަހަރު އެވެ.