ކުޅިވަރު

ހުޅުމާލޭގެ ބީޗް ވޮލީކޯޓް ރައީސް ހުޅުވައި ދެއްވައިފި

ހުޅުމާލޭގައި ހަދާފައިވާ ބީޗް ވޯލީ ކޯޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައި ދެއްވައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ހަފުލާއެއްގައި ބީޗް ވޮލީ ކޯޓް ހުޅުވައި ދެއްވުމަށް ފަހު، އެ ބޭފުޅުން ވަނީ ވޮލީ މެޗެއް ވެސް ކުޅުއްވާފަ އެވެ.

ފުރަތަމަ މެޗުގައި ބައްދަލު ކުރީ ރައީސް އާއި މިނިސްޓަރު މަހލޫފްގެ ޕެއާއި ގައުމީ ބީޗް ވޮލީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޝިއުނާޒް އަހްމަދު އަދި އަހްމަދު ޢަލީގެ ޕެއާ ބައްދަލު ކުރި މެޗެވެ. ދެ ވަނަ މެޗުގައި ކުޅުނީ ރައީސް ސޯލިހް އާއި މިނިސްޓަރު މަހުލޫފް އަދި މަޖިލީހުގެ ރައީސް ނަޝީދު ހިމެނޭ ޔޫތު މިނިސްޓްރީގެ ޓީމަކާއި ވެޓަރަންސް ވޮލީބޯޅަ ކުޅުންތެރިން ހިމެނޭ ޓީމުގެ މެޗެކެވެ.

ޔޫތު މިނިސްޓްރީން ބުނީ، ހުޅުމާލޭގެ އެ ކޯޓަކީ އިންޓަނޭޝަނަލް ސްޓޭންޑަޑަށް ފެތޭ ކޯޓެއް ކަމަށެވެ.