ހަބަރު

ނޭކުރެންދޫ ޖަލުގެ އީއައޭ ރިޕޯޓު ހަދާނެ ބަޔަކު ހޯދަނީ

ހދ. ނޭކުރަންދޫގައި ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ހަދާނެ ބަޔަކު ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާން ކޮށްފި އެވެ.

ކަރެކްޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ ނޭކުރެންދޫގެ ޖަލު ސަރަހައްދުގެ އީއައޭ ރިޕޯޓު ހަދަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހު މައުލޫމާތު ދޭނެ ކަމަށެވެ. އަދި އަންދާސީ ހިސާބު މިމަހުގެ 26 ވަނަ ދުވަހު ހުށަހެޅޭނެ ކަމަށެވެ.

ނޭކުރެންދޫގައި ހައި ސެކިއުރިޓީ ޖަލެއް އަޅަން އެންމެ ފުރަތަމަ ނިންމާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު އައިފަހުން ވެސް ނޭކުރެންދޫ ޖަލު އަޅަން އުޅުނެވެ. އެގޮތުން ޖަލު އަޅަން ނެގި 21 ހެކްޓަރުގައި ބިމުގައި ހުރި ރުއްގަހަށް ސަރުކާރުން ބަދަލުދީ، ޖަލު އަޅާ ސަރަހައްދު ބެލުމަށް، ހޯމް މިނިސްޓްރީގެ ޓީމުތައް އެކި ފަހަރު މަތިން އެ ރަށަށް ގޮސްފައިވެ އެވެ. އެކަމަކު ޖަލު އަޅާ ސަރަހައްދުގެ އިން ވަކިކުރުން ފިޔަވައި އެހެން މަސައްކަތެއް އެތަނުގައި މިހާތަނަށް ކޮށްފައެއް ނުވެ އެވެ.