މިނިސްޓްރީ އޮފް ހެލްތު

ހެލްތްގެ ނާއިބަކަށް ބަކުރު

ހެލްތް މިނިސްޓްރީގެ ނާއިބަކަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ހެލްތް މިނިސްޓްރީގެ ނާއިބުގެ މަގާމަށް ދަފްތަރު ނަންބަރު 115-94، އަބޫބަކުރު އަބްދުލްކަރީމް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އަބޫބަކުރު މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރުގެ މަގާމުގައެވެ. ބަކުރު ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރު ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

ބަކުރަކީ ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން އަބޫބަކުރު ވަނީ އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަ ކުރައްވާފަ އެވެ.