ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަތަރު ބައިކުޅަ އެއްބައި ނިމުނު އިރު ހާސިލްވީ ކޮންކަމެއްތޯ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ ޣައްސާން މިއަދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދައުރުގެ 1/4 ނިމުނުއިރު ރައްޔިތުންގެ އަމިއްލަ އަށް ސަރުކާރުން ކުރި ހިދުމަތްތަށް މިނަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން އަމިއްލައަށް ޖަވާބުތައް ހޯދަން ޖެހޭނެ ކަމަށާއި ގައުމު މިދަނީ ރަނގަޅު މިސްރާބަކަށްތޯ ސުވާލު ކުރަންޖެހޭނެ ކަމަށެވެ.
ޣައްސާން ވަނީ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާފައިވަނީ ކިހާ މިންވަރަކަށްތޯ އާއިރަށްރަށާ، ފަރުދުންނަށް ކުރިއެރުން ހާސިލްވަމުން ދޭތޯ ސުވާލު އުފައްދާފަ އެވެ.
ސަރުކާރުން ގައުމުގެ ތަރައްގީއަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގާތީ އާއި ސަރުކާރުގެ ދުވެލި ދަށްކަމަށްބުނެ އިދިކޮޅު ފަރާތްތަކާއި ބައެއް އާންމު ރައްޔިތުންވެސް ދަނީ ފާޑު ކިޔަމުންނެވެ.