ހޮލީވުޑް

ވޯލްޓާ ވައިޓް އެމެރިކާގެ ރައީސަކަށް!

Sep 3, 2015

ހޮލީވުޑްގައި މިހާތަނަށް ނުކުތް އެންމެ އާދަޔާ ހިލާފު މޮޅު އެއް ސިލްސިލާ ކަމުގައިވާ "ބްރޭކިން ބޭޑް" ގެ ވޯލްޓާ ވައިޓް ނުވަތަ ބްރަޔަން ކްރޭންސްޓަން ދެން ފެނިގެންދާނީ އަނެއްކާވެސް މުޅިން ތަފާތު ރޯލަކުންނެވެ.

އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ އެޗްބީއޯގެ ބަޔޯޕިކް "އޯލް ދަ ވޭ" ގައި ބްރަޔަން ދައްކުވަައިދެނީ އެމެރިކާގެ 36 ވަނަ ރައީސް ލިންޑަން ބެއިންސް ޖޯންސަން ޖޭއެފްކޭ އަވަހާރަވުމަށް ފަހު 11 މަހުގެ ވެރިކަމުގައި ހިންގާފައިވަ ކަންތައްތަކެވެ. 

ޑިރެކްޓަރު ޖޭ ރޯޗް "ޕީޕަލް" މެގަޒިންގެ އިންޓަވިޔުއެއްގައި ބުނެފައިވަނީ ބްރަޔަން އަކީ ހުއްޓުމެއްނެތް ކޮންމެފަދަ ރޯލެއްވެސް ކުޅެވިދާނެ ވަރުގަދަ އެކްޓަރެއް ކަމުގައެވެ.

އަންނަ އަހަރު މިފިލްމް ނެރޭނެ ކަމުގައި ބުނެފައިވިޔަސް އަދި ވަކި ދުވަހެއް އިއުލާން ކޮށްފައެއް ނުވެއެވެ.

https://www.youtube.com/watch?v=wsXHjJpowp0