ހަބަރު

ކައުންސިލް އިންތިހާބަށް "އަވަސް"އިން ހާއްސަ ޕެކޭޖެއް

Feb 23, 2020

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ލައްވާ ކެންޑިޑޭޓުން އެ ފަރާތްތަކުގެ ކެމްޕޭނާއި ޕްރޮމޯޝަންތައް ކުރިޔަށް ގެންދަން ހާއްސަ ފުރުސަތުތަކެއް "އަވަސް އޮންލައިން" މިއަދު ހުޅުވާލައިފި އެވެ.

ގައުމީ އިންތިހާބުތަކާ ދިމާކޮށް އަވަސްއިން އަބަދުވެސް ހުޅުވާލާ ފުރުސަތު މިފަހަރު ތައާރަފު ކޮށްފައި ވަނީ އެހެން ފަހަރުތަކާ ތަފާތު ގޮތަށެވެ. އެގޮތުން އަވަސްގެ ޕެކޭޖް އިހްތިޔާރު ކުރާ ކެންޑިޑޭޓުންނަށް ހެޔޮ އަގެއްގައި އެ ކެންޑިޑޭޓުންގެ ވާހަކަތައް އަވަސްގެ ވެބްސައިޓްގައި ހިމެނުމުގެ ފުރުސަތު އޮންނާނެ އެވެ.

އަވަސްއިން މިއަދު ފުރުސަތު ހުޅުވާލި ނަމަވެސް ކައުންސިލް އިންތިހާބަށް އަވަސް އިން ހާއްސަ ކުރާ ކަވަރޭކް އެޑިޝަން ލޯންޗު ކުރާނީ އަންނަ މާޗް މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އަވަސްގެ ޕެކޭޖް ނަގާ ކެންޑިޑޭޓުންގެ މައުލޫމާތުތައް އެ ޕޭޖުން ފެންނަން ހުންނާނެ އެވެ.

އަވަސްގެ ޕެކޭޖްގެ ތެރެއިން ނޫހުގެ ފްރޮންޓް ޕޭޖް އެންމެ މަތީގައި ފީޗާ ކުރާ ބެނާއެއްގެ ތެރެއިން ކޮންމެ ކެންޑިޑޭޓަކަށް ވެސް ރެންޑަމް ކޮށް ވަގުތު ލިބޭނެ އެވެ. އެ ގޮތުން ކަނޑައެޅޭ މިނެޓްތަކެއްގައި އެ ބެނާގެ ތެރެއިން ކެންޑިޑޭޓްގެ ފޮޓޯ ދައްކުވައި ދޭނެ އެވެ. އަދި ޕްރޮފައިލް ފޮޓޯ ސެލެކްޓް ކޮށްލުމުން ކެންޑިޑޭޓްގެ ޕްރޮފައިލް ޕޭޖަށް ދެވޭނެ އެވެ. އަދި ވަކީން އެ ޕޭޖް ޝެއާކޮށް ޕްރޮމޯޓް ކުރެވޭނެ އެވެ.

ކޮންމެ ކެންޑިޑޭޓަކަށް ވަކި ޕްރޮފައިލެއް ތައްޔާރު ކޮށްދޭއިރު އެ ޕޭޖުގައި ކެންޑިޑޭޓް ބޭނުންވާ މައުލޫމާތުތައް ހިމެނަނައި ދޭނެ އެވެ. އެ ގޮތުން ކެންޑިޑޭޓްގެ ވަނަވަރާއި ވައުދުތަކާއި ފޮޓޯ އަދި ވީޑިއޯ ވެސް ޕޭޖްގައި ހިމަނައި ދޭނެ އެވެ.

މީގެ އިތުރުން އަވަސްގައި ހިނެނޭ ލޯކަލް ހަބަރުތަކުގައި ކެންޑިޑޭޓްގެ ޕްރޮމޯޝަނަލް "ސްކައިސްކްރެޕާ" ސްލޮޓެއް ދޭނެ އެވެ. އެ ސްކައިސްކްރެޕާއަށް ސެލެކްޓް ކުރުމުން ވެސް ކެންޑިޑޭޓުގެ ޕްރޮފައިލަށް ދެވޭނެ އެވެ.

ކައުންސިލް އިންތިހާބަށް އަވަސްއިން ތައްޔާރު ކުރާ ހާއްސަ ޕޭޖްގައި ވެސް ކެންޑިޑޭޓަށް އިސްތިހާރު ކުރެވޭނެ އެވެ. އެހެންނަމަވެސް އެއީ "އެޑްއޮން" އެއްގެ ގޮތުގައި އިތުރަށް ފައިސާ ދައްކާ ގޮތަށެވެ. އެ ޕޭޖަކީ ކައުންސިލް އިންތިހާބުގެ ހުރިހާ އަޕްޑޭޓަކާއި ހަބަރުތައް އަދި ނަތީޖާ އެއް ތަނަކުން ފެންނާނެ ޕޭޖެކެވެ. މި ހާއްސަ ޕޭޖްގައި އަވަސްގެ ޕެކޭޖް ނަގައި ކެންޑިޑޭޓުން ފީޗާކޮށްފައި ވެސް ހުންނާނެ އެވެ.

އަވަސްގެ ޕެކޭޖް ނަގަން ބޭނުންވާ ކެންޑިޑޭޓުންނާއި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތައް އަވަސްގެ ހޮޓްލައިން، 7600688 ނަމްބަރާއި 7240969 މި ނަމްބަރަށް ގުޅުމުން މައުލޫމާތު ސާފު ކުރެވޭނެ އެވެ. މިއީގެ އިތުރުން އަވަސް މާކެޓިން "[email protected]" އަށް އީމޭލް ކޮށްގެންނާއި އަވަސްގެ ސޯޝަލް މިޑިއާ ޕްލެޓްފޯމްތަަކަށް މެސެޖް ފޮނުވައިގެން ވެސް މައުލޫމާތު ހޯދޭނެ އެވެ.