ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރޯގާގެ ކޭސްތައް ވަނީ އިތުރުވެފަައި: އެޗްޕީއޭ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނިޔަަލަށް އަރިދަފުސް ރޯގާ ޖެހިގެން 1،8969 ކޭސް ރިޕޯޓު ކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މިއަދަދު ވަނީ 2،1249 އަކަށް އަރާފަ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި އަދަދު ބޮޑު ތަނުން އިތުރުވެފައި ވާއިރު މިދުވަސްވަރަކީ ޗައިނާގެ ވޫހާން ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާ ދުވަސްވަރެކެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިއަހަރު ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރި އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވަނީ ޖުމްލަ 70 ކޭސް އެވެ. މިދިޔަ ޑިސެމްބަރު މަހުގައި ޑެންގީ ހުން ޖެހިގެން 215 ކޭސް އެއް ވަނީ ރިޕޯޓު ކޮށްފަ އެވެ.